logo
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު-- ފޮޓޯ: އެމްޑީޕީ ސެކްރެއްޓްރިއޭޓް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު-- ފޮޓޯ: އެމްޑީޕީ ސެކްރެއްޓްރިއޭޓް

އިދިކޮޅު އެމްޑީޕީން މަގުމަތީ ހަރަކާތްތަކަށް ތައްޔާރުވަނީ

profile

އައިމިނަތު ރޫޔާ - 13 ޖެނުއަރީ 2025 - 08:40

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަގުމަތީ ހަރަކާތްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޕާޓީން އިއުލާނު ކޮށްފިއެވެ.

https://wamco.com.mv/

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގޮތުގެމަތިން މި މަހު 31 ވަނަ ދުވަހުގައި އެ ޕާޓީން މާލޭގެ މަގުމަތީގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެގޮތަށް މަގުމައްޗަށް ނިކުންނަން ޖެހޭ ސަބަބަކީ މިސަރުކާރުން ރައްޔިތުން ސަލާން ޖަހަން މަޖުބޫރުކުރުމުން ކަމަށާއި ގާނޫނު ކުޅޭ ކުޅޭ އެއްޗަކަށް ހެދުމުން ކަމަށެވެ. ޝާހިދު ވަނީ, މިސަރުކާރުން ދައުރު ހޭދަކުރަމުންދަނީ ދޮގުހެދުމުގައި ކަމަށާއި، ކަންކުރަން ނޭނގި އިގްތިސާދު މުޅިން ފުނޑާލައިފިކަމަށް ތުހުމަތު ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމާ ނިކުންނަން ޖެހޭ ސަބަބަކީ އަޅުގަނޑުމެނާއި ދިމާވާ ކޮންމެ މީހެއް ކައިރީގައި މިއަދު ހާލު ކިހިނެއްތޯ އަހާލީމައި، ބުނާ އަޑު އިވެނީ ފުދިއްޖެއޭ، ފުނޑިއްޖެއޭ."

ޝާހިދު ވިދާޅުވީ 31 ވަނަ ދުވަހު ބާއްވާ ހަރަކާތް އިއުލާނު ކުރަން ކަންމަތީ ބައްދަލުވުންތަކާއި، ދޮރުން ދޮރަށް ޒިޔާރަތްކޮށް އަދި އެނޫންވެސް ހަރަކާތްތައް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީން ޓެކްސްގެ ނިޒާމު ތައާރަފުކުރީ ރައްޔިތުންނަށް އަސާސީ، އަބުރުވެރި ދިރިއުޅުމެއް ހޯދައިދުނުމަށް ކަމަށެވެ. ކަރަންޓު ޚަރަދު ކުޑަކުރުމަށް ތެލުގެ ސަބްސިޑީއާއި، ކާބޯތަކެތި އަގުހެޔޮކުރުމަށް އެސްޓީއޯއަށާއި ދަތުރުފަތުރު ކުރުމަށްވެސް ސަބްސިޑީ ދީ، އާސަންދަ ނިޒާމު ފަހިކޮށްދީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައިވެސް ސަބްސިޑީތައް ކަނޑާނުލައި، އިތުރު އެލަވެންސްތައް އެމްޑީޕީގެ ސަރުކާރުން ދީފައިވާ ކަމަށް ޝަހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އޮތީ ހުރިހާ ސަބްސިޑީތަކެއް ކަނޑާލާފައި ކަމަށާއި އާސަންދަ ވެސް އޮތީ ކަނޑާލާފައި ކަމަށެވެ. ޝާހިދު ވަނީ މިސަރުކާރުން ޕޯޑިއަމްތަކުގައާއި، އިންޓަވިއުތަކުގައާއި، ވެރިކަމުގެ ކުރިންވެސް އަދި ފަހުން ވެސް ހަދަނީ ހުސް ދޮގުކަމަށް ތުހުމަތު ކުރައްވާފައެވެ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ގެންދަވާ މިސްރާބުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އަނަސް ވިދާޅުވީ މި ސަރުކާރުން ބޭސް ސިޓީއަށް ސަލާން ޖެހުން އަލުން އިޔާދަކޮށްފިކަމަށެވެ. އަނަސް ވަނީ މިސރުކާރުން 50 އެތައް މިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރީ ހަމައެކަނި ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށް ކަމަށް ވެސް ތުހުމަތު ކުރައްވާފައެެވެ.

https://wamco.com.mv/
tel:+9607331319