logo
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ރަސްމާލެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބުނު ތަސައްލީއެއް: އިމްރާން

profile

ޖިނާން ޙުސައިން ޖަބީން - 02 ނޮވެމްބަރު 2026 - 05:49

މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ މެރީނާ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކީ ލިބިގެންދިޔަ ބޮޑު ތަސައްލީއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ވަނީ މުހިންމު ގަރާރެއް ފާސްކޮށްފައެވެ. މިކަމާ ގުޅިގެން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ، ރަސްމާލޭގެ މައްސަލައިގައި ރައްޔިތުންގެ މެދުގައި އިންތިހާއަށް ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅުގައި، އެމްޑީޕީން ނިންމި ނިންމުމަކީ އެކަމާ ދެކޮޅަށް އެކި ގޮތްގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމުއިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކޮށްފިނަމަ، މިކަމަށް އެދެވޭ ހައްލެއް ހޯދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

View post on Twitter

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ވިއްކާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު މަހުފޫޒް ސައީދެވެ. މި ގަރާރު ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަޣުލަބިއްޔަތަކުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި ގަރާރުގައި، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނުވަތަ ރެފަރެންޑަމެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ވަނީ ގޮވާލައިފައެވެ. އަދި މި ޝަރުތަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އެހެނިހެން ސިޔާސީ ޕާޓީތަކާއި ޖަމުއިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުމެ، ވަރުގަދަ މުޒާހަރާތަކެއް ފެށުމަށްވެސް އެމްޑީޕީގެ މި ގަރާރުގައި ވަނީ ކަނޑައަޅައި ފާސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގަރާރު ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުގެ އިސްފަރާތްތަކާއި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބުނަމުންދަނީ މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ނުޖެހޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

https://wamco.com.mv/
tel:+9607331319