
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ސަރުކާރަށް މިހާބޮޑަށް ފޯރި ފުރަތަމަ ފަހަރު މިއީ: މީކާއީލް

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 07:32
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ސަރުކާރަށް މި ހާ ބޮޑަށް ފޯރި މި އީ ފުރަތަމަ ފަހަރު ކަމަށާއި، މީގެ ކުރިން މިބާވަތުގެ ނުފޫޒެއްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ ބިން ދުބާއީގެ އީގަލް ހިލްްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އަޑުއުފުލައި ވާހަކަ ދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ބޭރުގެ މަހުޖަނަކު ދިވެހި ސަރުކާރަށް މިހާބޮޑަށް ނުފޫޒު ފޯރުވި މިއީ ދެކުނު ފުރަތަމަ ފަހަރު ކަމަށެވެ.
މީކާއީލް ވަނީ ރަސްމާލެގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާއިމެދު އެ ކުންފުނީގެ ވެރިޔާ އަލް އައްބާރު ދިވެހި ސަރުކާރުގެ ވެރިންނަށް ވެސް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި، މިއީ ބިރުވެރި ކަމެއްކަމަށް ވެސް ވިދާޅުވެފަ އެވެ.
މީކާއިލް ވަނީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، ކުރިން "އިންޑިއާ އައުޓް" ބެނާތައް އަޅައިގެން ނުކުތް ބޭފުޅުން މިހާރު ދައްކަވާ ވާހަކަތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން، ގާނޫނު އަސާސީ ބަދަލުކޮށް، 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގައި ގަރާރު ހުށަހެޅުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ، އެއީ މަޖިލީހުގައި ތިއްބެވި މަދު މެންބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަސްމާލެ މަޝްރޫއުތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމާއި، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑުކަން ހާމަވާ ކަމެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޗިއެއްވެސް ދޫނުކުރާތި!
2 ގަޑިއިރު ކުރިން
ކައުންސިލާއި ޑަބްލިޔުޑީސީ ބައި އިލެކްޝަން: މާލެއާއި ދާއިރާތަކުގައި 10 ވޯޓުފޮށި ބަހައްޓާނެ: އިލެކްޝަން
2 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވައި ރޯވެ ފަސް މީހަކަށް އަނިޔާވެއްޖެ!
3 ގަޑިއިރު ކުރިން

ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ސައުދުﷲގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް!
20 ގަޑިއިރު ކުރިން


