logo

ކައުންސިލާއި ޑަބްލިޔުޑީސީ ބައި އިލެކްޝަން: މާލެއާއި ދާއިރާތަކުގައި 10 ވޯޓުފޮށި ބަހައްޓާނެ: އިލެކްޝަން

profile

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 07:27

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މާލެއާއި ދާއިރާތަކުގައި 10 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

https://wamco.com.mv/

މި އަހަރު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ފަހަރުގެ ބައި އިލެކްޝަން ތަކުގައި ޖުމްލަ 4 ދާއިރާއަކުން އިންތިޙާބު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިހާބު ބާްވަން ނިންމާފައިވާ ހަތަރު ދާއިރާ އަކީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އަދި ހއ. ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާއި އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބެވެ.

މީގެ އިތުރުން ނ. ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރުމަށްވެސް ހުޅުވާލިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ މަޤާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން އޭނާއަށް އެ ގޮނޑި ކާމިޔާބު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިހާބުގައި ޖުމްލަ 10 ވޯޓު ފޮށި ބަހައްޓާއިރު 5 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ މާލޭ ސިޓީގަ އެވެ.

ބާކީ ފަސް ވޯޓު ފޮށީގެ ތެރެއިން ތިނަ ދޫ ސިޓީގައި 1 ވޯޓު ފޮށި، އައްޑޫ ސިޓީ ހުޅުދޫގައި 3 ވޯޓު ފޮއްޓަކާއި، ވަށަފަރުގައި 1 ވޯޓު ފޮށްޓެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލާއި ހުޅުމާލެ ސީއެޗްއެސްއީގައެވެ. އަދި އައްޑޫ ހުޅުދޫގައި ވޯޓު ފޮށިތައް ބަހައްޓާނީ އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ކަމަށާއި ވަށަފަރާއި ތިނަދޫގެ ފޮށިތައް އެ ރަށު ސްކޫލްތަކުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ބައި-އިލެކްޝަންގައި 3،776 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ. އެއީ ވ. ތިނަދޫން 185 މީހުންނާއި ހއ. ވަށަފަރުން 688 މީހުން އަދި އައްޑޫ ހުޅުދޫން 2،903 މީހުންނެވެ.

މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާހަމައަށެވެ.

https://wamco.com.mv/
tel:+9607331319