logo

ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވައި ރޯވެ ފަސް މީހަކަށް އަނިޔާވެއްޖެ!

profile

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 06:55

ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:00 ޖެހިކަންހާއިރުގަ އެވެ.

މި ހާދިސާ އާއި ބެހޭގޮތުން ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ސީންއަށް ދިޔައިރު އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާއިރު ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ހަތަރު މީހަކަށް ވަނީ ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

"އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ މުޅިންވެސް އެ ކެފޭގައި މަސައްކަތް ކުރާ ބިދޭސީ ފިރިހެނުންނަށެވެ.

ފުލުހުންގެ މުއައްސަސާއިން ބުނި ގޮތުގައި، އެ ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ އިތުރަށް ބަލަމުންނެވެ.

https://wamco.com.mv/
tel:+9607331319