
ތިނަދޫގައި ހިންގި ޑުރަގު އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 06:55
ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އެ އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / މިނިވަން އައްސޭރި، އުމުރުން 36 އަހަރުގެ އަހުމަދު ޙާޝިމް އާއި، ހަމަ އެރަށު ވެހަފުލާ، އުމުރުން 25 އަހަރުގެ އަތޫފް އަޙްމަދުގެ އިތުރުން އެރަށު ވިލާޑީލައިޓް އުމުރުން 42 އަހަރުގެ ނާޖިދު ޢަބްދުﷲ އާއި ހަމަ އެރަށު ފުސްފަރާގެ އުމުރުން 18 އަހަރުގެ މުޙައްމަދު ޝާއިފް ޖަލީލް އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފަރުމާކޮށްފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި
ގަޑިއިރެއް ކުރިން

" އެލްޖީއޭގެ ބޯޑު އިންތިހާބު" ކައުންސިލްތަކުން އަލީ އަހުމަދު، ޑަބްލިއުޑީސީ އިން މަރިޔަމް ޒީނާ އިންތިހާބުކޮށްފި
2 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވައި ރޯވެ ފަސް މީހަކަށް އަނިޔާވެއްޖެ!
3 ގަޑިއިރު ކުރިން

ސޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީއާ ފޮތުގައި އުޅޭ ކުރުސީ އަކީ މުޅިން ދެ މީހެއް: މުހައްމަދު ނަޝީދު
4 ގަޑިއިރު ކުރިން


