
ފޮޓޯ : އަލީ އަހުމަދު / މަރިޔަމް ޒީނާ
" އެލްޖީއޭގެ ބޯޑު އިންތިހާބު" ކައުންސިލްތަކުން އަލީ އަހުމަދު، ޑަބްލިއުޑީސީ އިން މަރިޔަމް ޒީނާ އިންތިހާބުކޮށްފި

ރިޟްވާން މޫސާ - 01 ނޮވެމްބަރު 2026 - 08:10
ލޯކަލް ގަވަރަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލްތަކުންނާއި، ޑަބްލިއުޑީސީ އިން ކަނޑައަޅާ މެންބަރުންގެ ގޮތުގައި ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި، ށ.ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް މަރިޔަމް ޒީނާ އިންތިހާބުކޮށްފި އެވެ.
ބޯޑަށް އިންތިހާބު ކުރި އަލީ އަހުމަދާއި، މަރިޔަމް ޒީނާ އަކީ ވެސް ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
މި އިންތިޚާބަކީ އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ތަމްސީލުކުރާނެ މެންބަރުން ކަނޑައެޅުމަށް ބޭއްވުނު އިންތިޚާބެކެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަލާއިރު، ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު ބޯޑަށް އިންތިޚާބު ކުރަންޖެހެ އެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ފަރާތުން ބޯޑު މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިފަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާ މައި އިދާރާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފަރުމާކޮށްފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި
ގަޑިއިރެއް ކުރިން

ތިނަދޫގައި ހިންގި ޑުރަގު އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ސޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީއާ ފޮތުގައި އުޅޭ ކުރުސީ އަކީ މުޅިން ދެ މީހެއް: މުހައްމަދު ނަޝީދު
4 ގަޑިއިރު ކުރިން

ރައީސް ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަ ފޮތް މިރޭ ނެރެފި
12 ގަޑިއިރު ކުރިން


