logo
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ފޮޓޯ: އަސްލުޓީވީ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ފޮޓޯ: އަސްލުޓީވީ

ރައީސް ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަ ފޮތް މިރޭ ނެރެފި

profile

އާމިނަތު ޝަޒްލާ - 31 އޮކްޓޯބަރު 2026 - 21:14

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަ ފޮތް މިރޭ ނެރެފިއެވެ.

https://wamco.com.mv/

"ކުރުވާހަކަ – 80ގެ ކުރީކޮޅު" މި ނަމުގައި އެމަނިކުފާނު ނެރުއްވާ މި ފޮތް ނެރުމުގެ ރަސްމިއްޔާތު މިރޭ 21:00 ގައި ދޮންމަނިކު ސްކައިވިއުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ވަގުތުން "އަސްލު ޓީވީ" މެދުވެރިކޮށް ވަނީ ގެނެސްދީފައެވެ.

މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 250 ރުފިޔާގެ މަގުންނެވެ.

ފޮތް އިޝްތިހާރު ކުރައްވަމުން ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ، މި ފޮތް ނެރުމުގެ މައިގަނޑު މަގުސަދަކީ އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާތީ އިތުރު އާމްދަނީއެއް ހޯދުން ކަމަށެވެ. އެގޮތުން، ދާދިފަހުން ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންއައި ޕެންޝަންގެ ބޮޑު ބައެއް މިހާރު އުނިކޮށްފައިވާ ކަމަށާއި ރައްކާކުރައްވާފައި ހުރި ގިނަ ފައިސާ ހަރަދުވީ ލ. އަތޮޅުގައި ހުރި ގޯތީގައި ގެއެއް އެޅުމަށް ކަމަށްވާތީ، މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލައްވަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ފޮތުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް ވާހަކަތަކުގެ ތެރޭގައި "ޗާލާ ޒަމާން"، "ގައުމީ މަޝްރޫއު"، "މޫސަބަރު"، "ކުރުނާމާ" އަދި "ރީތި ހަދިޔާ" ފަދަ ވާހަކަތައް ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319