logo
 ގ. ކެނެރީގޭ މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ ބޮޑު ދައިދާފުޅު، ގ. ކެނެރީގޭ ޒުހައިރާ އުމަރު، ފޮޓޯ: އަސްލުޓީވީ

ގ. ކެނެރީގޭ މުހައްމަދު ނަޝީދު އަދި އެމަނިކުފާނުގެ ބޮޑު ދައިދާފުޅު، ގ. ކެނެރީގޭ ޒުހައިރާ އުމަރު، ފޮޓޯ: އަސްލުޓީވީ

ސޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީއާ ފޮތުގައި އުޅޭ ކުރުސީ އަކީ މުޅިން ދެ މީހެއް: މުހައްމަދު ނަޝީދު

profile

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 05:14

ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް"ގައި އުޅޭ ހަސަން ކުރުސީއާއި ފޮތުގައި އުޅޭ ހަސަން ކުރުސީއަކީ މުޅިން ދެ މީހެއް ކަމަށް ކުރީގެ ރައީސް އަދި ގ. ކެނެރީގޭ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނަޝީދު މިފަދައިން ވިދާޅުވީ ރޭ އެމަނިކުފާނުގެ އަމިއްލަ ފޮތެއް ކަމަށްވާ ކުރުވާހަކަ "80 ގެ ކުރީކޮޅު" ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ފޮތް ލޯންޗް ކޮށްދެއްވީ އެމަނިކުފާނާއެކު، އެމަނިކުފާނުގެ ބޮޑު ދައިތާފުޅު ކަމަށްވާ ގ. ކެނެރީގޭ ޒުހައިރާ އުމަރެވެ. އެ ކަމަނާ ވަނީ ފޮތް ލޯންޗްކޮށްދީ އަދި ފޮތުން ބައެއް ރައްޔިތުންނަށް ހިއްސާކުރައްވާފައެވެ.

އެ އިވެންޓަށް ވަޑައިގަތް ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ސޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީއާއި ފޮތުގައި އުޅޭ ހަސަން ކުރުސީއަކީ މުޅިން ދެ މީހެއް ކަމަށާއި، އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، ތޮބީއަތެއް ވެސް އެއްގޮތް ނޫން ކަމަށާއި، ބުރުސޫރަ ބައްޓަންވެސް އެއްގޮތް ނޫން ކަމަށާއި، އިސްކޮޅު ވެސް އެއްގޮތެއް ނޫން ކަމަށާއި، ކުލަ ވެސް އެއްގޮތް ނޫން ކަމަށާއި، ޝޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީގެ ހުންނަނީ ބޯ ފަންކޮށް ކަމަށާއި އެހެން ކަމުން އެއްވެސް ގުޅުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ހީފުޅުވާ ގޮތުގައި ސޯޝަލް މީޑިއާގައި އުޅޭ ހަސަން ކުރުސީ ބޯފަން ކަމަށެވެ.

މި ފޮތުގައި ވަނީ މުޅިއެކު ފަސް ވާހަކައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ގައުމީ މަޝްރޫއު
  2. މޫސަބަރު
  3. ޗާލާ ޒަމާން
  4. ރީތި ހަދިޔާ
  5. ހިތާއި ހިތުގެ ގުޅުން

މި ފޮތުގެ އަގުގެ ގޮތުގައި ހަމަޖެހިފައިނީ 250 ރުފިޔާއެވެ.

މި ވާހަކައިގެ ސަބަބުން ރައްޔިތުންނަށް މާލޭގެ ނުވަތަ ދިވެހި ރާއްޖޭގެ މާޒީއަށް ދަތުރު ކޮށްލުމަށް މަގުފަހިވެގެން ދާނެއެވެ. ބައެއް ބޭފުޅުންގެ ހަނދާން ތަކުގައި 80 ގެ ކުރީކޮޅު ނުވަތަ ނުވަދިހައިގެ ދުވަސްތަކަކީ ވަރަށް ތާޒާ ދުވަސަތަކަށް ވެދާނެއެވެ. ނަމަވެސް އެޒަމާނުގައި އުފަންނުވާ މީހުންނަށް މި ފޮތުގެ ޒަރީއާއިން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319