logo

ދިވެހިންގެ ފަސްގަނޑު ވިއްކާލިޔަދީގެ ނުވާނެ! އެންމެ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ: އަލީ ހުސެއިން

profile

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 06:50

ދިވެހިންގެ ފަސްގަނޑު ވިއްކާލުމަށް ފުރުސަތު ނުދިމުމަށް ގޮވާލައި ދިވެހި ހުރިހައި ރައްޔިތުން ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ގޮވާލައްވައިފި އެވެ.

https://wamco.com.mv/

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މިއަދު މަގުމައްޗަށް ނުކުމެ ތިބީ މަދު ބަޔަކު ނަމަވެސް، އެ އެންމެންވެސް ތިބީ ގައުމިއްޔަތު ދިފާއުކުރުމުގެ ފުރިހަމަ ހިތްވަރާއެކުގައި ކަމަށެވެ.

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމާއި ދެކޮޅަށް އަޑު އުފުލަމުންދާއިރު މި ކަމުގެ ހަގީގަތް އެއްވެސް ރައްޔިތަކަށް އަދި މިހާތަނަކަށް ސަރުކާރުން ހާމަކޮށްފައިނުވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ދެކޮޅަށް އިސްނަގައި އަޑުއުފުލަމުންދާ ގައުމީ އިއްތިހާދުން ވަނީ ސިލްސިލާ ކޮށް އަޑުއުފުލުން ބާއްވަން ނިންމާފަ އެވެ.

އަލީ ހުސެއިން ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ ރުކުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންނާއި، ދިވެހި ބަހާއި، ތާރީޚާއި ސަގާފަތް އަދި އިސްލާމްދީން ކަމަށް ބުނެދިން ނަމަވެސް، ދިވެހި ބިމަކީ ގައުމިއްޔަތުގެ ވަކިނުކުރެވޭނެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

ދިވެހި ބިމަކީ ދިވެހި ގައުމިއްޔަތުގެ ފުރިހަމަ ބައެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، މަގުމަތީގެ ހަރަކާޓްތައް އިތުރުކޮށް މިއަޑު ސަރުކާރަށް އިއްވަން ޖެހޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319