
ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރޭ: އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 06:48
ހޫނުގަދަވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ހެދި އާ ދިރާސާތަކަކުން ދައްކައިފި އެވެ.
މި ދިރާސާތަކުން ދައްކާގޮތުގައި، ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި އިގްތިސާދަށާއި ވަޒީފާގެ ބާޒާރަށް ކުރާ މި ނޭދެވޭ އަސަރުތައް ބޮޑުތަނުން އިތުރުވެގެންދާނެ އެވެ.
ދުނިޔޭގެ ހޫނުމިން މަތިވުމާއި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ހީޓް ސްޓްރެސް ނުވަތަ ހޫނުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން، މަސައްކަތްކުރާ ވަގުތު މަދުވެ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ދެ ގައުމުން ގާތްގަނޑަކަށް 147،000 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ 145،000 ވަޒީފާއާއި ރާއްޖޭގެ 2،400 ވަޒީފާ އެވެ. ހަމައެއާއެކު، މާޒީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2040 ވަނަ އަހަރާ ހަމައަށްދާއިރު ދެ ގައުމުގެ ޖުމްލަ ޖީ.ޑީ.ޕީ އިން އަހަރަކު ގާތްގަނޑަކަށް 26.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކުރެވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އިތުރުވަމުންދާ ހޫނުގެ ސަބަބުން، 1985 އިން 2014 އަށް އޮތް ދުވަސްވަރާ އަޅާބަލާއިރު، 2023 ވަނަ އަހަރުވެސް ދެ ގައުމުގެ މަސައްކަތު ވަގުތަށާއި ޖީ.ޑީ.ޕީ އަށް ވަނީ އިތުރު ގެއްލުންތަކެއް ލިބިފަ އެވެ.
ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ވަރަކަށް، މަސައްކަތްތެރިން ރައްކާތެރިކުރުމާއެކު ކުންފުނިތަކުން މި ބަދަލުތަކަށް ހޭނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިންސާފުވެރި ބަދަލަކަށް (ޖަސްޓް ޓްރާންސިޝަން) ވާސިލުވުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިންގެ ފަސްގަނޑު ވިއްކާލިޔަދީގެ ނުވާނެ! އެންމެ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ: އަލީ ހުސެއިން
3 ގަޑިއިރު ކުރިން

ތިލަމާލެ ބުރިޖު: ވިލިމާލެއާއި ގުޅިފަޅުވެސް ގުޅާލައިފި
3 ގަޑިއިރު ކުރިން

ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހުން މަރުވެއްޖެ!
3 ގަޑިއިރު ކުރިން

އަމިއްލަ ވަޒަން ވިއްކާލުމަކީ ހިޔާނާތްތެރިކަމުގެ އެންމެ މަތީ ދަރަޖަ: ބޮންޑޭ
3 ގަޑިއިރު ކުރިން


