logo
30 އޮކްޓޯބަރު 2026، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ފަހު ސެގްމަންޓު ގުޅުވާލުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

30 އޮކްޓޯބަރު 2026، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ފަހު ސެގްމަންޓު ގުޅުވާލުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ތިލަމާލެ ބުރިޖު: ވިލިމާލެއާއި ގުޅިފަޅުވެސް ގުޅާލައިފި

profile

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 06:45

ލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅާ ދެމެދު އަޅާ ބުރިޖުގެ އެންމެ ފަހު ސެގްމެންޓް ހަރުކޮށް، އެ ދެ ރަށް އެކުއެކީ ގުޅާލައިފިއެވެ.

https://wamco.com.mv/

ތިލަމާލެ ބުރިޖުގެ މުޅި މަސައްކަތުގެ 80.32 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ. ބުރިޖު މަސައްކަތުގެ ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ތިލަމާލެ އާއި ގުޅީފަޅު ހިއްކާފައިވާ ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން ކުރަމުން އަންނަ މަސައްކަތް ދައްކުވައިދޭ ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާ ކުރައްވައި ހައުސިން މިނިސްޓަރ ޑރ އަބުދުﷲ މުއްތަލިބް ވިދާޅުވީ މިއީ މި ސަރުކާރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ބުރިޖުގެ ފަހު ސެގްމަންޓު ހަރުކޮށް ވިލިމާލެއާއި ގުޅިފަޅު ގުޅާލެވުމަކީ ދަތުރުފަތުރުގެ ގޮތުން ބޮޑަށް ގުޅިފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ތެރެއިން މި ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތުގެ އެ ބައި ނިމިގެންދިއުމަކީ މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މި ކާމިޔާބީއާ ގުޅިގެން މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޮންސްއަށާއި، އަރޫޕްގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޓީމަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.

https://wamco.com.mv/
tel:+9607331319