
އަމިއްލަ ވަޒަން ވިއްކާލުމަކީ ހިޔާނާތްތެރިކަމުގެ އެންމެ މަތީ ދަރަޖަ: ބޮންޑޭ

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 06:36
އަމިއްލަ ވަޒަން ވިއްކާލުމަކީ އެމީހަކާއި، މަތިކޮށްފައިވާ އަމާނާތުގެ ތެރެއިން ޙިޔާނަތްތެރިވުމުގެ އެންމެ މަތީ ދަރަޖަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާގެ 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވިއްކާލުމާއި ގުޅޭގޮތުން "އަސްލުޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ބޮންޑޭ ވިދާޅުވީ ސަރުކާރުން ބޭރުގެ ކުންފުންޏަކަށް ނުއަގުގައި ރަސްމާލެއިން ބޮޑު ސަރަހައްދެއް ދިނުމުގައި ކަންބޮޑުވުން ެބަހުރި ކަމަށެވެ.
ދިވެހިންގެ ބިން ދިވެހިން ނުރުހޭ ފަދަ ގޮތަކަށް ނުވަތަ ހަގީގަތް އެވެސް ވަރަކަށް ހާމަ ކުރުމަކާއި ނުލައި ބޭރުގެ ޔަހޫދީންގެ ބަޔަކަށް ވިއްކާލުމާއި، ދެކޮޅަށް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި ބޮންޑޭ ވިދާޅުވީ އެއީ އަމިއްލަ މައިމީހާ ވިއްކާލުން ފަދަ، އަހުލާގީ ގޮތުން އެންމެ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
ސަރުކާރުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އަންނަ ނޮވެމްބަރު މަހުގެ ހަަވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ގައުމީ އިއްތިހާދުން ވަނީ ނިންމާފަ އެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ކަންބޮޑުވުން ފާޅުކުރައްވައި ގައުމީ އިއްތިހާދުން ވަނީ ރަސްމާލޭގައި އެހެނިހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމާ ދެކޮޅަށް ސިލްސިލާކޮށް މައުލޫމާތުތައް ފޯރުކޮށްދިނުމާއެކު ރައްޔިތުންނަށް މިކަންކަން ސާފުކޮށްދެއްވުމަށް ބައްދަލުވުންތަކެއްވެސް ބާއްވަމުންނެވެ.
ރާއްޖޭގެ ދީނީ އަސާސްތަކާއި ސަގާފީ ހަމަތަކާ ނުގުޅޭ ތަފާތު ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަންވާނީ، އެކަމާ މެދު ދިވެހި ރައްޔިތުންގެ ސީދާ ބަސް ހޯދުމަށްފަހުގައި ކަމަށާއި، ވަކިން ހާއްސަކޮށް، ޒަޔަނިސްޓު ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ގައުމީ އިއްތިހާދުން ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިންގެ ފަސްގަނޑު ވިއްކާލިޔަދީގެ ނުވާނެ! އެންމެ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ: އަލީ ހުސެއިން
3 ގަޑިއިރު ކުރިން

ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރޭ: އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން
3 ގަޑިއިރު ކުރިން

ތިލަމާލެ ބުރިޖު: ވިލިމާލެއާއި ގުޅިފަޅުވެސް ގުޅާލައިފި
3 ގަޑިއިރު ކުރިން

ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހުން މަރުވެއްޖެ!
3 ގަޑިއިރު ކުރިން


