
ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މުޙައްމަދު ފަޟްލޫން - 08 އޮކްޓޯބަރު 2026 - 12:03
އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން އާއްމު ކުރި ބަޔާނެއްގައި ބުނީ ހޫތީން ސައުދީ އަރަބިއްޔާގެ ދެ އެއަރޕޯޓެއް ކަމަށްވާ އަހްބާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކިންގް ހާލިދް އިންޓަރޭޝަނަލް އެއަރޕޯޓަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހޫތީން ސައުދީގެ ދެ އެއަރޕޯޓަށް ދިން ހަމަލާގައި އެއަރޕޯޓްތަކުގެ ހިދުމަތްތަކަށް ގެއްލުން ލިބި އާއްމު ރައްޔިތުންގެ އެތައް ބަޔަކަށް އަނިޔާވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ހޫތީން ދިން ހަމަލާއަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުވާލައި އަމަން އަމާން ކަމައި ސުލްހަ މަސްލަހަތު ނަގާލަން ދިން ހަމަލާއެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކޮށްފައެވެ.
ސައުދީ އަރަބިއްޔާ އަށް ހޫތީން ދިން ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި އަވަސް ޝިފާއަށް އެދި ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވާފައެވެ.
މި ހިތްދަތި ދަނޑިވަޅުގައި ރައްޔިތުންނާއި ދިވެހި ސަރުކާރުން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއި އެކު ސާބިތުކަމާއެކު ތިބި ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.
ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި ސަރަހައްދުގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމްކުރުމަށް އެގައުމުން އަޅާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ ދެ އެއަރޕޯޓަކަށް އަމާޒުކޮށްގެން ހޫތީން ދިން ހަމަލާތަކުގައި 3 މީހުން ވަނީ މަރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
10 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
15 ގަޑިއިރު ކުރިން

ބޮލީވުޑާއި މަރާޓީ ސިނަމާގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު، އުމުރުން 75 އަހަރުގައި ނިޔާވެއްޖެ
15 ގަޑިއިރު ކުރިން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތާވަލު ޢާންމުކޮށްފި
15 ގަޑިއިރު ކުރިން


