
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު -- ފޮޓޯ/ މަޖިލިސް
ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު

ރިޟްވާން މޫސާ - 08 އޮކްޓޯބަރު 2026 - 07:29
ދުބާއީގެ އީގަލްސް ހިލް ކުންފުޏަށް ރަސްމާލެ ޕްރޮޖެކްޓުން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދިނުމާއެކު އެތަނުގައި ތަރައްގީގެ މަޝްރޫއެއް ހިންގަން އުޅެނީ މުޅިން ގަވައިދުތަކާއި ޙިލާފަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބާރުވެސް ކަނޑުވާލާފައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝްމހީދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ހުއްޓުވުމަށާއި، އެ ޕްރޮޖެކްޓުގައި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލް ހޯދުމުގެ ކުއްލި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޑރ ޝްމހީދު ވިދާޅުވީ މިފަދަ ބޮޑެތި ޕްރޮޖެކްޓުތައް ސަރުކާރުން ކުރިއަށްގެންދާއިރު ރައްޔިތުންގެ މަޖިލީހަށް ނޭނގި މިފަދަ މަޝްރޫއުތަކުގައި ސޮކިުރާ ވާހަކަތައް މީޑިޔާގެ ޒަރީއާއިން ފެނުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
ޝްމަހީދު ވިދާޅުވީ ކޮންމެ ކަމެއްވެސް އެ އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ކުރިއަށްގެންދެވޭ ނަމަ އެކަމުގައި ފަހުން މައްސަލަ އުފެދުން ކުޑަވާނެ ކަމަށާއި، ރައްޔިތުންނާއި ގުޅުންހުރި ރައްޔިތުންގެ ފައިސާ އިން ކުރެވޭ މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކުގައި ސޮއިކުރުމުގެ ކުރިން އެކަމެއް ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމެޓީތަކަށް ވެސް އަންގަންޖެހޭ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ސަރުކާރުން ކުރި މި އަމަލަކީ ބަލަންޖެހޭ ކަމެއް ކަމަށާއި، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ "ނ" ގެ ތިންވަނަ މާއްދާގެ "ށ"ގެ ތިންވަނަ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރައްވަނީ ކަމަށެވެ.
" ވެރިކަން ކުރާ ފަރާތުން ހިނގާ ކައްތައްތައް ބެލުމާއި، މިފަދަ ބޮޑެތި ކަންތައްތައް ދައުލަތުގެ ތެރެއިން ނިމިގެންދާއިރު ރައްޔިތުންގެ މަޖިލީހަށް ނޭނގި އެފަދަ ކަންތައްތަކުގެ ބޭރުން ނުވަތަ މީޑިޔާތަކުން މި މައުލޫމާތުތައް އެނގުމަކީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށް ދެކެން.. މިފަދަ ބޮޑެތި ކަންތައްތައް ނިމިގެންދާއިރު ކަމާއިބެހޭ ކޮމެޓީތަކަށް އެނިގެން މިފަދަ ކަންތައްތައް ކުރެވިގެންދާންޖެހޭނީ.. ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ "ނ" ގެ ތިންވަނަ މާއްދާގެ "ށ"ގެ ތިންވަނަ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލެވެނީ ކަމަށް." މަޖިލީހުގައި ޝަމްހީދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މިފަދަ މަޝްރޫއުތަކެއްގައި ސަރުކާރުތަކުން ސޮއިކުރައްވާފައިވާ ކަމަށާއި، ނަމަވެސް ހުވަފެނީ މަޝްރޫއުތަކެއްގެ ގޮތުގައި މިފަދަ މަޝްރޫއުތަކުގައި ސޮއކުރުމުން ފަހުން އެކަމުން ބޮޑެތި ބަދަލުތަކެއް ނުކުމެ ބަދަލު ދޭންޖެހޭ ދަރަޖައަށް ވެސް ކަންކަން ހިނގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނުވަތަ ދިވެހި ދައުލަތުން ފަހުން ދޭންޖެހިދާނެ ބަދަލަކަށްޓަކައި މިފަދަ މަޝްރޫއުތައް ސޮއިކޮށް އެގްރިމެންޓަކާއި ހަމައަށް ދިއުމުގެ ކުރިން އެއީ ދިވެހި ރައްޔިތުންނަށް އުފުލިދާނެ ބުރައެއްތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
" ގައުމުގެ ޖީޑީޕީ މިއަދު 7 ބިލިއަނުގައި އުޅޭއިރު އަޅުގަނޑުމެންނަށް މިއުޅެނީ ގައުމުގެ ކަންތައްތައް ދެކޮޅު ހަމަނުޖެހިގެން. އަޅުގަނޑުމެންގެ އާންމު ރައްޔިތަކަށް މިލިބެނީ ބާރަ ހާސް ފަނަރަ ހާސް ރުފިޔާ ލިބޭ ވަޒީފާއެއް. އަޅުގަނޑުމެން އެއަަށްވުރެ މައްޗަށް ދާންޖެހޭ. އެއަށްވުރެ ޑަބަލް ވާންޖެހޭ." ޝްމަހީދު ވިދާޅުވި އެވެ.
ޑރ ޝްމަހީދު ވަނީ މިފަދަ މަޝްރޫއުތަކަކީ ވެސް ރައްޔިތުންނަށް ވެސް އަދި ގައުމަށް ވެސް މުހިންމު މަޝްރޫއތަކެއްކަން ވެސް ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް މި ކަންކަމަކީ ދިވެހި ގައުމަށް ނުވަތަ ދިވެހި ރައްޔިތުންނަށް އުފުލިދާނެ ވަރުގެ ބުރައެއްތޯ ވެސް ބަލަންޖެހޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
11 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
11 ގަޑިއިރު ކުރިން

ބޮލީވުޑާއި މަރާޓީ ސިނަމާގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު، އުމުރުން 75 އަހަރުގައި ނިޔާވެއްޖެ
16 ގަޑިއިރު ކުރިން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތާވަލު ޢާންމުކޮށްފި
16 ގަޑިއިރު ކުރިން


