
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ތާވަލު ޢާންމުކޮށްފި

އާމިނަތު ޝަޒްލާ - 08 އޮކްޓޯބަރު 2026 - 07:16
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު 2026 ކުރިއަށްދާނެ ގޮތުގެ ތަފްޞީލީ ތާވަލު (ޓައިމްލައިން) އެ ޕާޓީން މިއަދު ޢާންމުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެފުށް ފެންނަ، ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ކަމަށެވެ.
އެ ޕާޓީން ހާމަކުރި ތާވަލުގައިވާ ގޮތުން، އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ އުޞޫލާއި ފޯމުތައް މާދަމާ ޢާންމުކުރާނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލާއިރު، މާލޭގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން (ވޮލަންޓިއަރުން) ވުމަށް އެދި ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭ ގޮތަށް ޕާޓީގެ މެންބަރަކަށް ވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހެވެ. ވޯޓުލުމުގެ ޙައްޤު ލިބޭ މެންބަރުން ކަނޑައެޅުމަށްފަހު، މެންބަރުންގެ ދަފްތަރު ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 22 ގައި ހުޅުވާލާއިރު، މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަދި ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީވެސް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މީގެއިތުރުން، އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ލިސްޓު ޢާންމުކުރުމާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުން މި މަހުގެ 27 ގައި އޮންނާނެއެވެ. އަދި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލުމާއެކު ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 29 ގައި ހުޅުވާލެވޭނެއެވެ. ރީ-ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ އަންނަ މަހުގެ 6 ވަނަ ދުވަހެވެ. އަދި މަންދޫބުންގެ ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުން، ރީ-ރަޖިސްޓަރީ ކުރި ފަރާތްތަކުގެ ލިސްޓު ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 12 އާ ހަމައަށް އޮންނާނެއެވެ. އަދި ދާއިމީ ވޯޓާސް ލިސްޓު އަންނަ މަހުގެ 14 ގައި ޢާންމުކުރުމަށްފަހު، ވޯޓުފޮށި ބަހައްޓާނެ ތަންތަން ރަސްމީކޮށް އިޢުލާނުކުރާނީ އަންނަ މަހުގެ 23 ގައެވެ.
އެމްޑީޕީގެ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 27 ވާ ދުވަހުގެ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ. ވޯޓުލުން ނިމި، ފޮށިތައް ގުނުމަށްފަހު ވަގުތީ ނަތީޖާ އިޢުލާނުކުރާއިރު، ޝަކުވާތައް ބެލުމަށްފަހު އިންތިޚާބުގެ ރަސްމީ ދާއިމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކައުންސިލްތަކުގެ ބާރުވެރިކަމަށް ބޮޑު ހޭދައެއް: 9 މަސް ދުވަހުގެ ތެރޭގައި 1.8 ބިލިޔަން ރުފިޔާ ދޫކޮށްފި
11 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާގެ އެއަރޕޯޓްތަކަށް ހޫތީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
11 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގައި ސޮއިކުރީ ގަވައިދާ ޙިލާފަށް، އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރި ކަމެއް: ޑރ ޝަމްހީދު
16 ގަޑިއިރު ކުރިން

ބޮލީވުޑާއި މަރާޓީ ސިނަމާގެ މަޝްހޫރު އެކްޓަރު ނާނާ ޕާޓޭކަރު، އުމުރުން 75 އަހަރުގައި ނިޔާވެއްޖެ
16 ގަޑިއިރު ކުރިން


