
ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި

މުޙައްމަދު ފަޟްލޫން - 23 ޖޫން 2026 - 14:37
ވަޓްސްއެޕްގެ ހިންގުމާ ހަވާލުވެ ހުންނެވި ޗީފް އެގްޒެކެޓިވް އޮފިސަރު, ސީއީއޯ ވިލް ކެތުކާޓް، އެ މަގާމުން އިސްތިއުފާދޭން ނިންމައިފިއެވެ.
މި މަގާމުގައި ހަތް އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، މަގާމުން ދުރަށް ޖެހިވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ކެތުކާޓް ވިދާޅުވީ، ވަޓްސްއެޕް މިހާރު އޮތީ ވަރަށް ވަރުގަދަ އަދި ކާމިޔާބު ހިސާބެއްގައި ކަމަށެވެ. އެހެންކަމުން، މިއީ އެހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވައި، މަގާމުން އިސްތިއުފާ ދެއްވަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަޓްސްއެޕްގެ އެންމެ އިސް މަގާމުން ކެތުކާޓް ވަކިވެވަޑައިގަތް ނަމަވެސް، މެޓާގެ ލީޑަޝިޕްގެ މުހިންމު ދައުރެއްގައި އޭނާ ދެމިހުންނަވާނެއެވެ. އޭނާގެ ބަދަލުގައި ވަޓްސްއެޕްގެ ހިންގުމާ ދެން ހަވާލުވެވަޑައިގަންނަވާނީ އިންޑިއާގެ ފާހަގަކޮށްލެވޭ ފިންޓެކް ކުންފުނި 'ކްރެޑް' ގެ ބާނީ ކުނާލް ޝާހެވެ.
ކުނާލް ޝާހާ ބެހޭގޮތުން މެޓާގެ ބާނީ މާކް ޒަކަބާގް ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން ކުނާލް ހޯއްދަވާފައިވާ ތަޖުރިބާއާއި ހުނަރުވެރިކަމުގެ ސަބަބުން، ވަޓްސްއެޕަށް ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުނާލްއާ އެކު މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށްވެސް ޒަކަބާގް ވިދާޅުވިއެވެ.
މެޓާ ކުންފުނީގެ ދަށުން ހިންގާ މަޝްހޫރު މީސްމީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ވަޓްސްއެޕްގެ އިތުރުން ފޭސްބުކް، އިންސްޓަގްރާމް، މެސެންޖާ އަދި ތުރެޑްސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
2 ގަޑިއިރު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
2 ގަޑިއިރު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
3 ގަޑިއިރު ކުރިން

ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މަސައްކަތް ވަރަށް ކާމިޔާބު !
3 ގަޑިއިރު ކުރިން


.gif&w=3840&q=75)