logo

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 ޖޫން 2026 - 14:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް,ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.03 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެވި ފަތުރުވެރިންގެ ތަފްސީލީ ހިސާބުތަކަކީ:

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: 1,004,739 ފަތުރުވެރިން

ގަން އިންޓަނޭޝަނަލް އެއާޕޯޓް: 4,057 ފަތުރުވެރިން

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް: 3,528 ފަތުރުވެރިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް: 2,313 ފަތުރުވެރިން

ވިލާ އިންޓަނޭޝަނަލް އެއާޕޯޓް: 1,856 ފަތުރުވެރިން

ދާލު އެއާޕޯޓް: 827 ފަތުރުވެރިން

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 5 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.08 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހާރުގެ ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަނީ 5,834 ފަތުރުވެރިންނެވެ.

މި ހިނގާ މަހުގެ މިހާތަނަށް 88,184 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ވިޔަފާރީގެ ބޭނުމަށް 8,029 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން، ކްރޫޒް ލައިނާތަކުގައި 14,847 ފަސެންޖަރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk