logo

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި

profile

މުޙައްމަދު ފަޟްލޫން - 23 ޖޫން 2026 - 13:32

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، މި އަހަރުގެ މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 22 އަށް އަރައިފިއެވެ.

https://wamco.com.mv/

ހެލްތު ޕްރޮޓެކްޝަން އެޖެންސީ , އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން އަލަށް ދެ ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، މި ދުވަސްވަރު އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ހިސާބުތަކުގައި މި ބަލި ދަނީ ފެތުރެމުންނެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި އައިޖީއެމްއެޗްގައި މިހާރު ވަނީ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން، އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިން ދިނުމުގެ މަސައްކަތް ސިއްހީ ވުޒާރާއާއި، އެޗްޕީއޭ އަދި އައިޖީއެމްއެޗް ގުޅިގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk