
އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 23 ޖޫން 2026 - 14:37
ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފާގަތިކަމަށްޓަކައި އާންމު ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ބޭފުޅުންނަށް ތަޢުރީފު ކުރައްވައިފިއެވެ.
ބައިނަލްއަޤުވާމީ އާންމު ހިދުމަތުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އާންމު ހިދުމަތްތެރިންގެ އިޚްލާސްތެރި މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މުޖުތަމަޢުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާންމު ޚިދުމަތްތެރިން ވަރުބަލިކަމެއް ނެތި ކުރައްވާ މަތިވެރި މަސައްކަތްތަކަށް ސާބަސް ދެއްވިއެވެ. އަދި އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ޤައުމީ ޚިދުމަތުގައި ހޭދަކުރައްވާތީ އެކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އާންމު ހިދުމަތްތެރިންނަކީ ނަޒާހަތްތެރިކަމާއި ފަންނީ ހުނަރުވެރިކަމާއެކު މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވަމުން، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް ޚިދުމަތްތެރިންނަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ހިދުމަތުގައި ސާބިތުކަމާއެކު ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރިންނަށާއި ދަޢުލަތުގެ މުއައްސަސާތަކަށް، އެ ފަރާތްތަކުން ވަމުންދާ ޤުރުބާނީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
ގަޑިއިރެއް ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
3 ގަޑިއިރު ކުރިން

ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެމްއޭސީއެލްގެ މަސައްކަތް ވަރަށް ކާމިޔާބު !
3 ގަޑިއިރު ކުރިން


.gif&w=3840&q=75)