
ގަވައިދާ ޙިލާފަށް ވިޔަފާރި ކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެެސްފި

ރިޟްވާން މޫސާ - 06 ޖޫން 2026 - 07:20
ސައްޙަ ވިސާ އަކާއި ނުލައި ގަވައިދާ ޙިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ 7 ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.
އިމިޤްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޤަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި 17 ބިދޭސީއެއް ބަލާ ފާސްކޮށް، 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ. މި ސަރުކާރުން ދަނީ ރާއްޖޭގައި ގަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރައްވައި އެމީހުން ދެނެގަތުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު
2 ގަޑިއިރު ކުރިން

އެމްއައިބީގެ "ވޯލްޑް ކަޕް ފީވާ-ޕްރެޑިކްޓް އެންޑް ވިން"ގައި ބައިވެރިވެގެން ފައިސާގެ އިނާމް
2 ގަޑިއިރު ކުރިން

ބޯކޮށް ވާރޭވެހި މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުން ވެއްޖެ!
2 ގަޑިއިރު ކުރިން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)