
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 06:04
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ލަމްއާން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ލަމްއާން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަގާމުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން ލަމްޢާން ވިދާޅުވީ، އިސްތިއުފާ ދެއްވީ އެހެން ކުންފުންޏެއްގެ އިސް މަޤާމަކަށް އައްޔަންކުރައްވާތީ ކަމަށެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮން މަގާމެއްކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ލަމްޢާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 1 ފެބްރުއަރީ 2024 ގައެވެ.
އޭނާއަކީ މީގެ ކުރިންވެސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީއެމްއޭ މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން ނިންމައިފި
5 ގަޑިއިރު ކުރިން

ފުރަތަމަ ކުއާޓަރ ގައި މުދަލު ޒަކާތް %30 އިތުރު؛ 45.3 މިލިޔަން ރުފިޔާ ލިބިފައިވޭ
5 ގަޑިއިރު ކުރިން

މިފްކޯގެ އެމްޑީގެ މަގާމަށް ޕީސީބީން އިސްތިއުފާ ދެއްވި އަނަސް އައްޔަނުކުރައްވައިފި
5 ގަޑިއިރު ކުރިން

ސަރުކާރު ޖަވާބުދާރީ ކުރެވެން އޮތީ ނޫސްވެރިންނަށް: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)