logo

މިފްކޯގެ އެމްޑީގެ މަގާމަށް ޕީސީބީން އިސްތިއުފާ ދެއްވި އަނަސް އައްޔަނުކުރައްވައިފި

profile

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 06:03

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

https://wamco.com.mv/

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރެއްވި ގޮތުގައި، މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ، އަލްފާޟިލް މުޙައްމަދު އަނަސް އެވެ.

މުޙައްމަދު އަނަސްއަކީ މިއަދާ ހަމައަށް ޕީސީބީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ.

އަނަސްއަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ފަންނީ ބޭފުޅެކެވެ.

މީގެ އިތުރުން އޭނާ ވަނީ ދިވެހި ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ.

މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަރުހަތު ޝަހީރު ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަރުހަތަކީ މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk