logo

ސަރުކާރު ޖަވާބުދާރީ ކުރެވެން އޮތީ ނޫސްވެރިންނަށް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 06:03

މިސަރުކާރު ޖަވާބުދާރީ ކުރެވެން އޮތީ ނޫސްވެރިންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ވަފާތެރިކަމާއި، އިޚްލާޞްތެރިކަމުގެ މައްޗަށް ބިނާވެފައިވާ މާތް މަސައްކަތެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ހުތުރު މަސައްކަތެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، މިހާރު މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްދާ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޫސްވެރިންނަކީ ސިޔާސީ ބޭފުޅުންގެ އަމަލުތަކަށް ފާރަވެރިވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ގައުމަކަށް ތަނަވަސްކަމާއި ކުރިއެރުން ލިބިގެންދާނީ، ތެދުބަހުން ވާހަކަދެކެވި، ހުޅުވާލެވިފައިވާ ބަހުސްތަކެއް ކުރެވޭނެ މާޙައުލެއް ޤާއިމުވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީގައި ތިބި މަޖިލިސް މެމްބަރުންނަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނޭ ބައެއް މަޖިލިސް މެމްބަރުން މިސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުންދިން މައްސަލައެއް ފެންމަތިވެގެންއުޅޭ ދަނޑިވަޅެއްގައެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާނާއި އެހެނިހެން ކެބިނެޓްގެ ވަޒީރުންނަށް ރުހުންދިން މައްސަލައިގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންނާއި ދެމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk