
ެހެލްތު މިނިސްޓްރީ ގީލާ އަލީ
އަލަށް ގާއިމްކުރެވޭ 39 ހޮސްޕިޓަލްގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްތު މިނިސްޓަރ ގީލާ

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 11:17
އަލަށް ގާއިމްކުރެވޭ 39 ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 94 ޞިއްޙީ މަރުކަޒެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތާއި، މުޅިން އަލަށް 39 ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށެވެ.
ޢިމާރާތްތަކާއި ވަޞީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ޚާއްޞަކޮށް ދިވެހިން މަދު ދާއިރާތަކުން ދިވެހި ފަންނީ މަސައްކަތްތެރިން އުފެއްދުމަށް އިސްކަންދޭންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިހާރު ފެށިފައިވާ މި މަސައްކަތްތައް ނިމުމުން، ސިއްހީ ނިޒާމަށާއި މުޅި އިޖުތިމާޢީ ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ ހިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ މީގެކުރިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް ތަޢާރަފުކޮށްފައެވެ.
މިގޮތުން ރޭޑިއޮލޮޖީގެ ޚިދުމަތްތައް ކަމަށްވާ އެމްއާރު އައި އާއި ސީ.ޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑްގެ ހިދުމަތްތައް މިހާރު ވަނީ އަތޮޅުތަކަށް ފުޅާކުރެވިފައެވެ.
މީގެއިތުރުން، ކޮންމެ ރަށަކުންވެސް އަސާސީ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ބާރުގަބޫލުގައި ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން 76 ރަށެއްގައި ލެބޯރެޓަރީ ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

މަސައްކަތްތެރިން ބިނާކުރަން އެދެވޭ މަސައްކަތެއް ކުރެވޭބާ؟
2 ގަޑިއިރު ކުރިން

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިއްޖެ
2 ގަޑިއިރު ކުރިން

ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވޭ: ހުކުރު ހުތުބާ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)