
އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން ހަމަޖައްސައިފި

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 12:12
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުގެ މަޤާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން އައްޔަނުކޮށްފިއެވެ.
ޕީސީބީން ވަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ލަމްއާން އެންމެ ފަހުން ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.
އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ސަރުކާރުގެ އެހެން ކުންފުންޏެއްގެ މަޤާމަކަށް ވަޑައިގަތުމަށްކަމަށް ވިދާޅުވެފައިވެއެވެ.
ލަމްޢާނަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ، ހިންގުންތެރިއެކެވެ.
އެންމެ ފަހުން އެމަނިކުފާނު އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.
އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަޤާމުތައް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.
އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މަސައްކަތުގެ ރޭސީ އިތުރުކުރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސައްކަތްތެރިން ބިނާކުރަން އެދެވޭ މަސައްކަތެއް ކުރެވޭބާ؟
3 ގަޑިއިރު ކުރިން

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިއްޖެ
3 ގަޑިއިރު ކުރިން

ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވޭ: ހުކުރު ހުތުބާ
3 ގަޑިއިރު ކުރިން

އަލަށް ގާއިމްކުރެވޭ 39 ހޮސްޕިޓަލްގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްތު މިނިސްޓަރ ގީލާ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)