
ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވޭ: ހުކުރު ހުތުބާ

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 11:17
ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކުރެވިފައިވަނީ އަބުރާއި ނަފްސަށް ރައްކާތެެރިވުމުގެ މައްޗަށެވެ.
މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ އެކަނލާނގެ އުފެއްދެވި އެހެނިހެން ގިނަ ތަކެތީގެ މައްޗަށް މާތްކުރައްވައިގެން ކަމަށާއި އެހެންކަމުން އިންސާނާގެ ނަފްސަކީ ހުރުމަތް ތެރިވެގެންވާ އެއްޗެއް ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.
މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ހައްގަކައި ނުލާ މެރުމަކީ ބޮޑުވެގެންވާ ހަރާމްކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ދިރިއުޅުމުގައި ދިމާވާ މުސީބާތްތަކަކީ އިންސާނާ އިމްތިހާނު ކުރެއްވުމަށް މެދުވެރިކުރައްވާ ކަންތައްތަކެއް ކަމަށާއި އެފަދަ ދަނޑިވަޅުތަކުގައި ކެތްތެރިވުމަށް އިސްލާމްދީން ބާރު އަޅާ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ކެތްތެރިންނަށް އޮތް އުޖާލާ ނަތީޖާއަކީ ސުވަރުގެ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.
އަމިއްލަ ނަފްސަށް އަނިޔާވެރިވުމުމާއި އަމިއްލައަށް މަރުވުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ބޮޑު ފާފައެއްކަމަށް ހުތުބާގައި ވިދާޅުވިއެވެ.
އަމިއްލައަށް މަރުވާ މީހުންނާމެދު އިސްލާމީ ފިގުހުވެރިންގެ ރައުޔަށް ބަލާއިރު އެފަދަ މީހުންގެ މައްޗަށް ކަށުނަމާދު ކޮސް މުސްލިމުންގެ ގަބުރުސްތާނުގައި ވަޅުލަންޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ގަނާކުރުމަކީ މިއަދު މުޖުތަމައުގައި ފެތުރެމުން އަންނަ ނުރައްކާތެރި ވަބާއެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.
ގަނާކުރުމަކީ އިސްލާމް ދީނގައި ބޮޑުވެގެންވާ ފާފައެއްކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މައިނިންގ މަޝްރޫޢުގެ ލިޔެކިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތު އަދާނީއަށް!
2 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ދަނޑުވެރިންނަށް ހާއްސަކޮށްގެން މީދޫގައި މާރުކޭޓެއް ހުޅުވައިފި
3 ގަޑިއިރު ކުރިން

އޯޒޯން އޮފިސަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފި
3 ގަޑިއިރު ކުރިން


