
ލަންކާ އަށް ކުރިމަތިވި ތޫފާނުން ދިވެހިން ދެއްކީ ރީތި ނަމޫނާއެއް: ސަފީރު

ރިޟްވާން މޫސާ - 04 ފެބްރުއަރީ 2026 - 18:11
ދާދި ފަހުން ސްރީ ލަންކާ އަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އަރައި ގަތުމަށް ދިވެހިން ދެއްކީ ރިވެތި ނަމޫނާ މިސާލެއް ކަމަށް ދިވެހި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފއިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެ އެވެ.
ސަފީރު މިހެން ވިދާޅުވީ ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތީ ތާރީޚީ އަދި އެކަކު އަނެކަކަށް އިހުތިރާމްކުރާ ހާއްސަ ގުޅުމެއް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުމާއި، ހާއްސަކޮށް ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން 'ޑިޓްވާ' ތޫފާނާ ގުޅިގެން ދިވެހިން ދެއްކި އެހީތެރިކަމުން އަނެއްކާވެސް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއި ލަންކާއަކީ ސަރަޙައްދީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ލަންކާއަކީ ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5 އަށް ކުޑަކޮށްފި
13 ގަޑިއިރު ކުރިން

އީރާނާއި އެމެރިކާ ހުކުރު ދުވަހު ސުލްހައިގެ މަޝްވަރާތައް ފަށަނީ
19 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
20 ގަޑިއިރު ކުރިން

ތާށިވެފައި ހުރި ކޮންޓެއިނަރުގެ 80 ކޮންޓެއިނަރު އަވަސްކުރަން އެދިއްޖެ
20 ގަޑިއިރު ކުރިން


.gif&w=3840&q=75)