
ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5 އަށް ކުޑަކޮށްފި

ރިޟްވާން މޫސާ - 08 އޭޕްރީލު 2026 - 14:27
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފިއެވެ.
މިއީ ކުރިން އަމިއްލަ އަށް ޚަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.
މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިންގ މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައެވެ. %9 ގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށެވެ
ގުޅުން ހުރި ޙަބަރުތައް

އީރާނާއި އެމެރިކާ ހުކުރު ދުވަހު ސުލްހައިގެ މަޝްވަރާތައް ފަށަނީ
8 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
8 ގަޑިއިރު ކުރިން

ތާށިވެފައި ހުރި ކޮންޓެއިނަރުގެ 80 ކޮންޓެއިނަރު އަވަސްކުރަން އެދިއްޖެ
8 ގަޑިއިރު ކުރިން

ރާއްޖޭގެ މަސްވެރިކަމަށް ސީފުޑް ވޮޗްގެ ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)