
ތާށިވެފައި ހުރި ކޮންޓެއިނަރުގެ 80 ކޮންޓެއިނަރު އަވަސްކުރަން އެދިއްޖެ

އައިމަން ޢަބްދުއްސައްތާރު - 08 އޭޕްރީލު 2026 - 08:08
އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށްދޭން އެދިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް 4200 ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
އަސާސީ ބާވާތަތްކުގެ ތެރެއިން ދެ ބާވަތެއް އަވަސްކޮށްދިނުމަށް މާކެޓުން އެ ވުޒާރާގައި އެދިފައިވާތީ އެކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެގޮތުން، ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް 80 ކޮންޓެއިނަރު އަވަސް ކުރުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާއަށް ވަނީ އަސަރުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޮޑު އަސަރުކޮށްފައިވާއިރު ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ފޯރުނަނުދިނަމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޚާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިގްތިސާދީ ތަރައްގިއާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި އެހެނިހެން ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5 އަށް ކުޑަކޮށްފި
29 މިނިޓު ކުރިން

އީރާނާއި އެމެރިކާ ހުކުރު ދުވަހު ސުލްހައިގެ މަޝްވަރާތައް ފަށަނީ
6 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
7 ގަޑިއިރު ކުރިން

ރާއްޖޭގެ މަސްވެރިކަމަށް ސީފުޑް ވޮޗްގެ ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)