
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް

އައިމަން ޢަބްދުއްސައްތާރު - 08 އޭޕްރީލު 2026 - 08:08
ޔަހޫދީންނާއި ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށައިފިއެވެ.
ހަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާގްޗީ ވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން އެއްބަސްވެފައިވާކަމަށް އިޢުލާނުކުރައްވައިފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވުން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.
މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިވަނީ ބަދަލު އަންނަން ފަށާފައެވެ. މިވަގުތު މިހާތަނަށްތެލުގެ އަގު %8 ދަށަށް ގޮސްފައިވާކަމަށް ޚަބަރުތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
އެގޮތުން އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ގާތްގަނޑަކަށް 16 އިންސައްތަ ވެއްޓި މިވަގުތު ވަނީ 95.59 ޑޮލަރަށް ވެއްޓިފައެވެ، އޭގެ ކުރިން އިއްޔެ ސާފުނުކުރާ ތެޔޮ ފީފާއެއް އަގުހުރީ 117 ޑޮލަރުގައި އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެޤައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5 އަށް ކުޑަކޮށްފި
31 މިނިޓު ކުރިން

އީރާނާއި އެމެރިކާ ހުކުރު ދުވަހު ސުލްހައިގެ މަޝްވަރާތައް ފަށަނީ
6 ގަޑިއިރު ކުރިން

ތާށިވެފައި ހުރި ކޮންޓެއިނަރުގެ 80 ކޮންޓެއިނަރު އަވަސްކުރަން އެދިއްޖެ
7 ގަޑިއިރު ކުރިން

ރާއްޖޭގެ މަސްވެރިކަމަށް ސީފުޑް ވޮޗްގެ ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)