
އީރާނާއި އެމެރިކާ ހުކުރު ދުވަހު ސުލްހައިގެ މަޝްވަރާތައް ފަށަނީ

ރިޟްވާން މޫސާ - 08 އޭޕްރީލު 2026 - 08:39
އީރާނާއި އެމެރިކާ ގުޅިގެން ސުލްޙައިގެ މަޝްވަރާތައް އޭޕްރިލް 10 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް އީރާނުން އެއްބަސްވެއްޖެއެވެ.
އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އީރާނަށް އެމެރިކާ އަދި އިޒްރައިލުންދޭ ޙަމަލާތައް ހުއްޓާލައިފިނަމަ ދިފާޢީ ޙަމަލާތައް މެދުކަނޑައިލައްވާނެ ކަމުގައެވެ.
އަދި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ހުރަސްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމުގައެވެ.
ހަނގުރާމައިގެ ތެރެއިން ދީފައިވާ ރައްދު ޙަމަަލާތަކުގައި އީރާނުން ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އަދި، އެމެރިކާ ސިފައިންގެ 13 މީހުންނާއި ޔަހޫދީންގެ 26 މީހުން މަރައިލާފައެވެ. އީރާނުން ޒަޚަމުކޮށްލާފައިވާ އެމެރިކާ ސިފައިންގެ އަދަދު 200 އުފުލިފައިވާއިރު، ޔަހޫދީންގެ 7,183 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.
އީރާނުން ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވެފައި މި ވަނީ، އެ ޤައުމުގެ "ޙަޟާރަތު" ނެތިކޮށްލުމަށް ދެއްވި އިންޒާރު މަޑުޖައްސަވައިލައްވައި، ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާތައް މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވުމުންނެވެ.
މަޝްވަރާތައް ކުރިއަށްދާނީ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް ދިނުމާއި، އެމެރިކާގެ އިސްތިޢުމާރީ ސިފައިން ގަލްފް ޢަރަބި ޤައުމުތަކުން ބޭލުމަށް ގޮވައިލާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ކަމުގައެވެ.
މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހާއި އެމެރިކާއިން އަޅާފައިވާ އެންމެހައި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށާއި، ހަނގުރާމައިގެ ބަދަލު ދިނުމަށް ވެސް އީރާނުން ވަނީ ޝަރުޠުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5 އަށް ކުޑަކޮށްފި
28 މިނިޓު ކުރިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް
7 ގަޑިއިރު ކުރިން

ތާށިވެފައި ހުރި ކޮންޓެއިނަރުގެ 80 ކޮންޓެއިނަރު އަވަސްކުރަން އެދިއްޖެ
7 ގަޑިއިރު ކުރިން

ރާއްޖޭގެ މަސްވެރިކަމަށް ސީފުޑް ވޮޗްގެ ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)