logo

އާމިރު ޕީއެންސީއަށް ތާއީދު ކުރިއަސް ޕާޓީއަކާ އެއްވެސް ގުޅުމެއް ނޯންނާނެ: ޕީއެންސީ

profile

ރިޟްވާން މޫސާ - 01 މާރިޗު 2026 - 09:07

އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތް ކުރި މީހަކު ޕީއެންސީއަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާތީ އެޕާޓީން ރައްދު ދީފި އެވެ.

https://wamco.com.mv/

ޕީއެންސީން ވަނީ މި މައްސަލަ އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށް ބުނެފަ އެވެ

ޕީއެންސީން މިގޮތަށް ބުނެފައި މިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަ އަކާއި ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހަކު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާ ކަމަށްބުނެ ފެތުރިފައިވާ ވާހަކަ އަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޕީއެންސީން ބުނީ އެޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާފައިވާ މި މީހާއާ އެކު އެޕާޓީގެ އެއްވެސް ރަސްމީ ގުޅުމެއް ނޯންނާނެ ކަމަށެވެ.

އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރުމުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ ހ.ފިލިކުރިގެ އުމުރުން 51 އަހަރުގެ އަހުމަދު އާމިރެވެ.

ފުލުހުންގެ އިއުލާނުގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk