
ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި

މުޙައްމަދު ފަޟްލޫން - 11 ފެބްރުއަރީ 2026 - 19:43
2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
ފުލުހުން ވަނީ ކ ތިލަފުށީގެ ގުދަނެއްގައި ހުރި 2 މިލއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނަތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށާފައެވެ.
މި މައްސަލައިގައި ފުލުހަކު ހިމެނޭއިރު އެ ފުލުސް މީހާ މިހާރު ވަނީ ތަހުގީގް ކުރުމަށް އޮފިސަރެއްގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް އިހުމާލުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާއިރު އެ އޮފިސަރާއި ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޑޭންޑަރޑްސް ކޮމާންޑުން ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށް ފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި
4 ގަޑިއިރު ކުރިން
ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި
4 ގަޑިއިރު ކުރިން

ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފި
4 ގަޑިއިރު ކުރިން

ޕެންސަން ފައިސާ ދައްކަން ޖާހުގެ މައްޗަށް ހުކުމްކޮށްފި
8 ގަޑިއިރު ކުރިން


