logo

ޕެންސަން ފައިސާ ދައްކަން ޖާހުގެ މައްޗަށް ހުކުމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 11 ފެބްރުއަރީ 2026 - 14:02

ޕެންސަން ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން އެކޯޓުން އެ މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެެވެ.

ޕެންސަން އޮފީހުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ ޖާހް ޕްރައިވެޓް ލިމިޓެޑުން ހުސްވި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރިޓަޔަމަންޓް ޕެންސަން ސްކީމަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާ ކަމަށެވެ.

ޖާހުން 15،488.22 ރުފިޔާ ޕެންސަންގެ ގޮތުގައި ނުދައްކާ އޮތް އިރު ސިވިލް ކޯޓުން މައްސަލަ ބެލުމަށް ފަހު އިއްވި ހުކުމުގައި ބުނެފައިވަނީ އެ ފައިސާ އާއި ޖޫރިމަނާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

ޖާހުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް އިއްވާފައިވަނީ އެކުންފުނީގެ ޣައިރު ހާޒިރުގައެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހާގެ އަތުން އަސާސީ މުސާރައިގެ ޖުމްލަ 14 ޕަސެންޓް ނެގުމަށް ފަހު، 65 އަހަރު ވުމުން ފައިސާ ދޫކުރާ ސްކީމެވެ. އެ ފައިސާ 14 އަހަރަށް ބަހާލައިގެން ފެންޝަން އޮފީހުން އެ މީހަކަށްދެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay