ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 11 ފެބްރުއަރީ 2026 - 17:57
ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފިއެވެ.
ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެވެ.
މާފަންނު މެދު ދާއިރާގެ ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ދައުލަތުގެ ވަޒީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މާލެއިން ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފޯރީގައި މާލެ އާއި ރާއްޖޭގެ ރަށްތަކުގައި ކުރިއަށްގެންދާއިރު، މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކާއި ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތަކާއި ޖަލްސާތައް ދަނީ ބާއްވަމުންނެވެ.
ޕީއެންސީގެ ފަރާތުން މާލެ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި އައްޑޫ ސިޓީގައި ލީޑަރޝިޕްގެ ޓީމްތައް ވަޑައިގެން ކެމްޕޭން ލޯންޗް ކުރުމުގެ ޖަލްސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
2 ގަޑިއިރު ކުރިން

ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި
4 ގަޑިއިރު ކުރިން

ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފި
4 ގަޑިއިރު ކުރިން

ޕެންސަން ފައިސާ ދައްކަން ޖާހުގެ މައްޗަށް ހުކުމްކޮށްފި
8 ގަޑިއިރު ކުރިން


