
ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފި

މުޙައްމަދު ފަޟްލޫން - 11 ފެބްރުއަރީ 2026 - 17:57
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވައުޗަރ ދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފިއެވެ.
މީގެ ކުރިން ފެނަކައިން ވަނީ ރޯދަމަހާއި ގުޅިގެން އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް ހަދިޔާ އެއްގެ ގޮތުގައި ވައުޗަރ އެއް ދޭން ނިންމާފައެވެ.
ފެނަކައިގެ އިންޓަރނަލް މެމޯއެއްގައި ބުނެފައިވަނީ ރޯދަ ހަދިޔާގެ ގޮތުގައި އެސްޓީއޯގެ ވައުޗަރ އެއް ކޮންމެ މުވައްޒަފަކަށް ދިނުމަށް މީގެ ކުރިން ނިންމި ނަމަވެސް މިހާރު އެ ނިންމުން ބާތިލްކޮށްފައިވާ ކަމަށެވެ.
މިއަަހަރުގެ ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އެސްޓީއޯގެ ވައުޗަރ އެއް ދިނުމަށް މެނޭޖްމެންޓުން ނިންމި ނަމަވެސް އެ ނިންމުން ބާތިލްކޮށްފައިވާ ކަން ފެނަކައިން ވަނީ އެކުންފުނީގެ ބްރާންޗްތަކަށް މެމޯ ގައި އަންގާފައެވެ.
މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި އެސްޓީއޯ ވައުޗަރ އެއް ދިނުމަށް ފެނަކައިން ފުރަތަމަ ނިންމީ ހުސްވި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
ރޯދަ ހަދިޔާ އަށް ވައުޗަރ ދޭން ނިންމި ނިންމުން ބާތިލް ކުރި ސަބަބު ފެނަކައިން އާއްމު ކުރި ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ފެނަކައިން ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރ ނުދިނުމަށް ނިންމާފައިވާއިރު ޕީސީބީ އިން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާ އާއި އެލަވަންސް ނުދިނުމަށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
2 ގަޑިއިރު ކުރިން

ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި
4 ގަޑިއިރު ކުރިން
ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި
4 ގަޑިއިރު ކުރިން

ޕެންސަން ފައިސާ ދައްކަން ޖާހުގެ މައްޗަށް ހުކުމްކޮށްފި
8 ގަޑިއިރު ކުރިން


