
ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 11 ފެބްރުއަރީ 2026 - 17:57
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާން ނިކުންނަ ނިސްބަތް އިތުރުކޮށްދޭން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފއެވެ.
ޕީއެންސީގެ ފަރާތުން މާފަންނު މެދު ދާއިރާގެ ޖަގަހަ ހުޅުވަން ބޭއްވުނު ހަފްލާގައި ބައިވެރި ވަޑައިގެން މެޑަމް ސާޖިދާ ވިދާޅުވީ އިންތިހާބުތަކުގައި ވޯޓްލާން ނިކުންނަ ނިސްބަތް މަދުކަމަށެވެ.
މިހާތަށް ފެނުނު ލޯކަލް ކައުންސިލް އިންތިހާބުގައި އާއްމުކޮށް މީހުން ވޯޓްލާ މިންވަރު ވަރަށް ދަށް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެގޮތުން މެޑަމް ވިދާޅުވީ ވޯޓްލާން ގާތްގަނޑަށް ނިކުންނަނީ ވޯޓްލާ މީހުންގެ 30 އިންސައްތަ ކަަމަށެވެ.
ވަރަށް ގިނަ ބޭފުޅުން ވޯޓްލަނީ ކީއްކުރަން ތޯ އާއި ކޮންމެ މީހަކު އަޔަސް ތިމަންނާ އަށް ހެޔޮ ކަމަށް ބުނާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެއީ ރަނގަޅު ވާހަކައެއް ނޫންކަން ފާހަގަކޮށް މެޑަމް ވިދާޅުވީ ތަރައްގީ އާއި ތަމައްދުންގެ ވާހަކަ ދައްކާއިރު އެހުރިހާ ކަމެއް ކުރުމަށް ސަރުކާރާއި އެކު މަސައްކަތްކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވާ ކަމަށެވެ.
ސަރުކާރާއި އެކު މަސައްކަތްކުރާނެ ރަނގަޅު ކައުންސިލެއް ހޮވުމަށްޓަކައި މިއަދު ވޯޓްދޭން ނުނިކުމެއްޖެނަމަ ހޮވޭނީ ކޮންބައެއް ކަން ނޭނގޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިއަދު ހޮވޭ ފަރާތްތަކަކީ ތަރައްގީ އާއި ހުރިހާ މަސައްކަތަކެއްގައި އެއްބާރުލުން ނުދޭނެ ބަޔަކު ނަމަ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މެޑަމް ސާޖިދާ ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ގޮވާލައްވާފައެވެ.
މެޑަމް ސާޖިދާ ވަނީ ވޯޓްލާން ނިކުންނަ މީހުންގެ ނިސްބަތް 30 އިންސައްތައަށް ވުރެ މައްޗަށް ޖައްސާލަން އެދިވަޑައިގެންފައެވެ.
މެޑަމް ސާޖިދާ ވަނީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާގިނަ ބަޔަކު ނިކުމެ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުއިފިލަނޑާތަކުގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މަސްއޫލިއްޔަތުން އެކަހެރިކޮށްފި
2 ގަޑިއިރު ކުރިން
ޕީއެންސީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި
4 ގަޑިއިރު ކުރިން

ރޯދަ ހަދިޔާގެ ގޮތުގައި ވައުޗަރދޭން ނިންމި ނިންމުން ފެނަކަ އިން ބާތިލްކޮށްފި
4 ގަޑިއިރު ކުރިން

ޕެންސަން ފައިސާ ދައްކަން ޖާހުގެ މައްޗަށް ހުކުމްކޮށްފި
8 ގަޑިއިރު ކުރިން


