
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 42ވަނަ ބުރުގެ ކޯސް ފަށައިފި

އައިމިނަތު ޒައިބާ - 12 ފެބްރުއަރީ 2026 - 11:03
ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 42ވަނަ ބުރުގެ ކޯސް ފަށައިފި އެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ކެމަޕހުގަ އެވެ.
މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.
މި މަހުގެ 15 އިން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 158 ފުލުހުން ބައިވެރިވެއެވެ. އެއީ 48 އަންހެން ފުލުހުންނާއި 110 ފިރިހެން ފުލުހުންނެވެ.
މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.
މިއީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި!
5 ގަޑިއިރު ކުރިން

"ސުލްހައިގެ ބޯޑު" ޕޮލެންޑާއި އިޓަލީން ވެސް ބައިވެރިއެއް ނުވި
9 ގަޑިއިރު ކުރިން

އީރާނުގެ ބެލިސްޓިކް މިޗައިލް ޕްރޮގްރާމަކީ މަޝްވަރާގެ މޭޒަށް ހުސަހެޅޭނެ މައުލޫއެއް ނޫން؛ އާޔަތުالله އަލް-ޙާމަނާޢީ
9 ގަޑިއިރު ކުރިން

ރައީސްގެ ވައުދު ފުއްދައި ތޮއްޑު އަށް ސީޕްލޭން ޖައްސައިފި
9 ގަޑިއިރު ކުރިން


