
އީރާނުގެ ބެލިސްޓިކް މިޗައިލް ޕްރޮގްރާމަކީ މަޝްވަރާގެ މޭޒަށް ހުސަހެޅޭނެ މައުލޫއެއް ނޫން؛ އާޔަތުالله އަލް-ޙާމަނާޢީ

ރިޟްވާން މޫސާ - 12 ފެބްރުއަރީ 2026 - 14:00
އީރާނުގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމަކީ މަޝްވަރާއަށް ހުޅުވައިލެވޭނެ މައުޟޫޢެއް ނޫން ކަމަށާއި، އެ މައުލޫއިން ވާހަކަ ނުދެއްކޭނެ ކަމަށް އީރާނުން ހާމަކޮށްފި އެވެ.
އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޙާމަނާޢީގެ މުޝީރު ޢަލީ ޝަމްޚާނީ ވިދާޅުވީ މަޝްވަރާގެ މޭޒުން ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ އެެވޭ ރަގަޅު ގޮތް ކަމުގަ އެވެ. އަދި ބެލިސްޓިކް މިޝައިލް އާއި، ނިއުކްލިއަރ ޕްރޮގްރާމުތަކުގެ ވާހަކަތަކަށް މަޝްވަރާ ނުކުރެއްވޭނެ ކަމަށެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ އިތުރުން އެ ޕުރޮގުރާމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނައުމަކީ އެ މަޝްވަރާތަކުގެ މައިގަނޑު އަމާޒެކެވެ.
ނިމިދިޔަ ހަފްތާގައި އޮމާނުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއްވެސް މައްސަލައެއް ނެތި ކުރިމަތިލުންތަކެއް ނުހިގައި ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު މަޝްވަރާތައް ރަގަޅު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްވަރާ ބައްދަލުވުންތައް އިތުރު ކުރަން ދެގައުމުންވެސް އެދޭ ކަމަށް ދެ ގައުމުން ވެސް ވަނީ ހާމަކޮށްފަ އެވެ.
އޮމާންގައި ކުރިއަށްދާ ނުރަސްމީ ވާހަކަތަކުގެ ތެރެއިން އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއިން ދަނީ އެ ޤައުމަށް ބާރު އަޅަމުންނެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.
އީރާނަށް ބިރު ދައްކައި، މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން ވަނީ ބިޔަ އަސްކަރީ ލަޝްކަރެއް އީރާން ކައިރިއަށް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނެއެވެ.
އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ ވިދާޅުވަނީ އީރާނުން އެންމެ އިންޗިއެއްވެސް ފަހަތައް ޖެހުމުގެ ވިސްނުން ނެތް ކަމަށެވެ. އަދި އެމެރިކާ އިން ހަމަލާއެއް ދީފިނަމަ އެމެރިކާ އަށާއި، އެމެރިކާ އަށް ބައިއަތު ހިފާ ބަޔަކަށްވެސް ހަމަލާދޭން އީރާނުގެ ފުރިހަމަ ލަޝްކަރު ތައްޔާރަށް އޮތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި!
5 ގަޑިއިރު ކުރިން

"ސުލްހައިގެ ބޯޑު" ޕޮލެންޑާއި އިޓަލީން ވެސް ބައިވެރިއެއް ނުވި
9 ގަޑިއިރު ކުރިން

ރައީސްގެ ވައުދު ފުއްދައި ތޮއްޑު އަށް ސީޕްލޭން ޖައްސައިފި
9 ގަޑިއިރު ކުރިން

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 42ވަނަ ބުރުގެ ކޯސް ފަށައިފި
12 ގަޑިއިރު ކުރިން


