logo

"ސުލްހައިގެ ބޯޑު" ޕޮލެންޑާއި އިޓަލީން ވެސް ބައިވެރިއެއް ނުވި

profile

ރިޟްވާން މޫސާ - 12 ފެބްރުއަރީ 2026 - 14:00

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގައި ބައިވެރިނުވާން ޕޮލެންޑާއި އިޓަލީވިލާތުން ވެސް ނިންމައިފިއެވެ.

https://wamco.com.mv/

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދަވާ ސުލްހައިގެ ބޯޑު ނުވަތަ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް އެމެރިކާ އިން ވަނީ މިހާތަނަށް 60 ގައުމަކަށް ދައުވަތު ދީފަ އެވެ.

ނަމަވެސް މި ހާތަނަށް މި ބޯޑަށް ތާއީދުކޮށް މި ބޯޑު އެކުލަވާލުމަށް އެއްބަސްވެ ތާއީދުކޮށްފައިވަނީ 20 ގައުމަކުންނެވެ.

އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. އެހެންކަމުން ވިލާތުގެ ގިނަ ޤައުމުތަކުން އެ ބޯޑުގައި ބައިވެރިވާން ވަނީ ފަސްޖެހިފައެވެ.

ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވި ގޮތުގައި، އެ ބޯޑުގެ އެކުލެވިގެންވާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ރިއާއަތްކޮށް، މި ވަގުތަށް އެ ބޯޑުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ޙާލަތު ބަދަލުވެއްޖެނަމަ، އެ ބޯޑުގައި ބައިވެރިވުމާމެދު އަލުން ގޮތެއް ނިންމާނެކަމަށް ޓަސްކް ވިދާޅުވިއެވެ.

ސުލްހައިގެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay