logo

ރައީސްގެ ވައުދު ފުއްދައި ތޮއްޑު އަށް ސީޕްލޭން ޖައްސައިފި

profile

ރިޟްވާން މޫސާ - 12 ފެބްރުއަރީ 2026 - 14:00

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދު ފުޅާއި އެއްގޮތަށް އއ.ތޮއްޑު ގައ ސީޕްލޭންގެ ޙިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

https://wamco.com.mv/

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ރަސްމީކޮށް ފަށާފައި ވަނީ މި އަދުގަ އެވެ.

ތޮއްޑޫގައި ފޯރިގަދަ ސަގާފީ ހަރަކާތަކާ އެކު މި އަދު ބޭއްވި މަކުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ.

ދަތުރުތަށް ފެށުމަށް ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ތޮއްޑޫ ކައުންސިލް އިދާރާގައި ޗެކިން ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަންއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްސަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 799 ރުފިޔާއަށް ލިބޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay