logo

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި!

profile

ރިޟްވާން މޫސާ - 12 ފެބްރުއަރީ 2026 - 17:51

ހދ.ކުޅުދުއްފުށިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ދެމީހަކު ހައްޔަރުކޮށްފި އެވެ

https://wamco.com.mv/

ކުޅުދުއްފުށިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ 15 އަހަރުގެ އަންހެން ކުއްޖެއްކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލައިގައި ހިމެނޭ 44 އަހަރުގެ ފިރިހެން މީހާ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގަ އެވެ.

ކުޅުދުއްފުއްޓަކީ ޖިންސީ ގޯނާގެ މައްސަލަތައް ނިސްބަތުން ގިނައިން ހުށަހެޅޭ ސިޓީއެއްކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay