
މިފްކޯ އިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓްކޮށްފި

މުޙައްމަދު ފަޟްލޫން - 08 އޭޕްރީލު 2026 - 14:27
މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓްކޮށްފި އެވެ.
ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮންޓްރޯލްކުރީ މަސްވެރިކަން ދަށްވުމާ ގުޅިގެން ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ. ތެޔޮ މަސްދަޅު ވިއްކާ އަދަދު ކޮންޓްރޯލް ކުރި ނަމަވެސް މިފްކޯގެ އެހެނިހެން އުފެއްދުންތައް އަބަދުވެސް މިފްކޯ އިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ތެޔޮ މަސްދަޅުގެ އައު ސްޓޮކް ލިބެންދެން ކޮންމެ މީހަކަށް ލިބޭނީ 24 އަދި 48 ދަޅުގެ އެއް ކޭސް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯ އިން މި ބަދަލު ގެނެސްފައިވަނީ މަސްވެރިކަން ދަށްވުމާއި ގުޅިގެންނެވެ.
ސްޓޮކް ހަމަޖެހެންދެން ކޮންޓްރޯލްކޮށްގެން ވިއްކުމުގެ މަގުސަދަކީ ރައްޔިތުންނަށް މިފްކޯގެ އަގުގައި ތެޔޮ މަސްދަޅު ލިބުން މެދުކެނޑުނަ ނުދިނުން ކަމަށްވެސް މިފްކޯ އިން ވަނީ ބުނެފައެވެ.
ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު ލިމިޓް ކުރިއިރު، ހަނގުރާމައާ އެކު ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ތެޔޮ މަސްދަޅު ވިއްކާ އަގު ދާދިފަހުން ބޮޑުކުރި ނަމަވެސް ޖެހިގެން އައި ދުވަހު އެ ނިންމުން ވަނީ ބަދަލުކޮށް، ކުރީގެ އަގަށް އަލުން ބަދަލުކޮށްފަ އެވެ.






.gif&w=3840&q=75)