ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހި މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 03 އޭޕްރީލު 2026 - 19:56
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ.
އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 10 އޭޕްރިލް 2025 ގައެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރު އަލުން ތަރައްގީކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.
3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށް ތަރައްގީކުރީ 1981 ވަނަ އަހަރުއެވެ.
އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ. ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭ އަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަން ޖެހުނެވެ.
މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައެވެ. އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން، ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ
2 ގަޑިއިރު ކުރިން
ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު އޮންނާނެ: އީސީ
2 ގަޑިއިރު ކުރިން

އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
14 ގަޑިއިރު ކުރިން
އޭޕްރިލް 5 ވަނަ ދުވަހުގެ ހެނދުނު 6 ޖަހަންދެން ކެމްޕޭންކުރުން މަނާވާނެ: އިލެކްޝަންސް ކޮމިޝަން
14 ގަޑިއިރު ކުރިން


.gif&w=3840&q=75)