logo

އޭޕްރިލް 5 ވަނަ ދުވަހުގެ ހެނދުނު 6 ޖަހަންދެން ކެމްޕޭންކުރުން މަނާވާނެ: އިލެކްޝަންސް ކޮމިޝަން

profile

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 15:37

މިއަދު އިރުއޮއްސި 6 އިން ފެށިގެން އޭޕްރިލް 5 ވަނަ ދުވަހުގެ ހެނދުނު 6 ޖަހަންދެން ކެމްޕޭންކުރުން މަނާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީ އިން ބުނެފިއެވެ.

https://wamco.com.mv/

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރުން މަނާވާ ގަޑިތައް އާއްމުކުރަމުން އީސީ އިން ބުނީ މިއަދު ހަވީރު 6 އިން ފެށިގެން ކެންޑިޑޭޓުން ކެމްޕޭން ކުރަން ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ކަަމަށެވެ.

މިއަދު ކެމްޕޭން ކުރުމުގެ މުއްދަތު އިރުއޮއްސި 6 ޖަހާއިރަށް ހަމަވެފައިވާއިރު މާދަމާ އަކީ ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވާ ދުވަހެވެ.

މާދާމާ ހެނދުނު 8 ޖަހާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން ރާއްޖެ އާއި މާލޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދަން ނިންމާފައިވާއިރު މިއަހަރު ބާއްވާ އިންތިހާބުގައި 292،575 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެއެވެ.

މިފަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1592 ކެންޑިޑޭޓުން ވާދަކުރެއެވެ.

މާދަމާ ވޯޓްލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައެވެ. އެހެންކަމުން މާދަމާ ބާއްވާ 3 އިންތިހާބުގައި ވޯޓްލާން ދާ މީހުންނަށް 3 ކަރުދާސްކޮޅު ލިބޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk