logo
 ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު  އަމީން  / ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ރައްޔިތުންނަށް ދަތިވާ މައްސަލަތައް ހައްލުކޮށްދެއްވުން: މިނިސްޓަރ އަމީން

profile

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 09:26

ރައީސް ޑރ މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ރައްޔިތުންނަށް ދަތިވާ މައްސަލަތައް ހައްލުކޮށްދެއްވުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މާލެ ޓެކްސީ ލައިން އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި އަމީން ވިދާޅުވީ މާލޭ ޓެކްސީގެ ހިދުމަތް އިތުރަށް ރަނގަޅުކޮށްދެއްވުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.

ޓެކްސީގެ ހިދުމަތަށް ދިމާވެފައިވާ ގިނަ ގުނަ ދަތިތަކަށް ޒަމާނީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ މުއިއްޒުގެ ނިންމެވުމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ބިނާކޮށްފައިވަނީ މައިގަނޑު ތިން ސިޔާސަތެއްގެ ދަށުންކަމަށް އަމީން ވިދާޅުވިއެވެ.

ޓެކްސީ ލައިންގެ މައިގަނޑު ތިން ސިޔާސަތުގެ ތެރޭގައި، ފަތުރުވެރިންގެ ރައްކާތެރިކަމާއި ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަން ހިމެނޭކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ރޭ އިފްތިތާހް ކުރެވިގެންދިޔަ ޓެކްސީ ލައިންގެ ޓެކްސީތަކުގައި ވަރަށް ރަނގަޅު ސެކިއުރިޓީ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ޓެކްސީގެ ދަތުރުތައް މޮނިޓަރ ކުރުމާއި ޓެކްސީތަކުގެ ބޭރާއި އެތެރެ މޮނިޓަރ ކުރެވޭނެ ގޮތަށް ކެމެރާ ޓެކްސީތަކުގައި ހަރުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ފެއަރ ނުވަތަ އަގުތަކުގައި ދަތުރުތައް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް އަމީން ވިދާޅުވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފަސޭހަ ކަމާއެކު ހުރިހާ ވަގުތެއްގައި ޓެކްސީގެ ހިދުމަތް ލިބޭނެގޮތަށް ހިދުމަތް ބައްޓަން ކޮށް ފެންވަރު ރަނގަޅު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަސޭހައިން ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވިގެން ދިއުން ކަމަށް އަމީން ވިދާޅުވިއެވެ.

މުސްތަގުބަލުގައި މާލެ ސިޓީގެ އެއްގަމު ދަތުރުފަތުރުގެ ވިއުގައިގެ ތެރެއަށް ވިލިމާލެ އާއި ގުޅީފަޅާއި ތިލަފުށި އިތުރުވެގެން ދިއުމާއެކު މާލެ ޓެކްސީ ލައިންގެ ހިދުމަތް އިތުރަށް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ،

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk