logo

އުކުޅުވަޅު ހުޅުގެ ކަށިތަކަށް ފަރުވާދޭ ސާޖަރީގެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗުގައި ގާއިމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 08:18

އުކުޅުވަޅު ހުޅުގެ ކަށި ހަލާކުވާ ބަލި ނުވަތަ 'އޮސްޓިއޯނެކްރޯސިސް' އަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރާ އެންމެ ޒަމާނީ ކޯ ޑިކޮމްޕްރެޝަން އޮޕަރޭޝަން، ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި އައު ފަރުވާގައި ހާއްސަ އާލާތްތައް ބޭނުންކޮށްގެން ހަލާކުވެފައިވާ ކަށިތައް ސާފުކުރުމަށްފަހު، ބޯން ގްރާފްޓް އަދި ޕީ.އާރު.ޕީ (PRP) މެދުވެރިކޮށް އައު ކަށި އުފެދުމަށް ބާރުއަޅައެވެ. މިއީ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ މިނިމަލީ އިންވޭސިވް' ސާޖަރީއަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވެ އާންމު ދިރިއުޅުމަށް ރުޖޫއަވުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޒަމާނީ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އިސްކަމާއި އެހީތެރިކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތްތަކަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވަނީ ތައުރީފުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk