
500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން ދެއްކުމުން ގާސިމް ޝުކުރު އަދާކުރައްވައިފި

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 08:19
500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން އެއްފަހަރާ ދެއްކުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސަރުކާރާއި ރައީސް އަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ގާސިމް ވަނީ 500 ޑޮލަރުގެ ސުކޫކްގެ އަގު އެއްފަހަރާ އަދާކުރުމުން ދޭހަވެގެންދަނީ، ދައުލަތުގެ ޒިންމާތައް އަދާކުރުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސާބިތުކަމާއެކު ހުންނެވިކަން ކަމަށް ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ، ފެނިގެން މިދިޔައީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ނިންމަވަމުންދާ ހަރުދަނާ ނިންމެވުންތަކުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ ޒިންމާތައް އަދާކުރެއްވުމުގައި ބަހައްޓަވާ ސާބިތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތްގޮތަށް ބަލައި، މިފަދަ ބޮޑު ލޯނެއް ދައްކައި ޚަލާޞްކުރުމަކީ ރާއްޖޭގެ މާލީ އިތުބާރާއި، ޒިންމާދާރު ލީޑަރޝިޕެއް އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.
މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބުމަށް މަގުފަހިވެ، ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެން ދާނޭކަމަށެވެ.
ގާސިމް ވިދާޅުވީ، ކުރިން ނަގާފައިހުރި ދަރަނީގެ ދަންތުރަތަކުން ރާއްޖެ ސަލާމަތްކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. މިފަދަ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާއެކު އަބަދުވެސް ވާނޭކަމަށް ގާސިމްގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކާފައެވެ.
މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ.
ގުޅުން ހުރި ޙަބަރުތައް

ތިމާދޭ ވޯޓަކީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ދެވޭ ވޯޓަކަށް ހަދަންޖެހޭ: އެޗްއާރުސީޢެމް
7 މިނިޓު ކުރިން

ރައީސް ޑރ މުއިއްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ ރައްޔިތުންނަށް ދަތިވާ މައްސަލަތައް ހައްލުކޮށްދެއްވުން: މިނިސްޓަރ އަމީން
4 ގަޑިއިރު ކުރިން

އުކުޅުވަޅު ހުޅުގެ ކަށިތަކަށް ފަރުވާދޭ ސާޖަރީގެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗުގައި ގާއިމްކޮށްފި
5 ގަޑިއިރު ކުރިން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އައިސީޑީ އަދި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ހިދުމަތް ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)