logo

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އައިސީޑީ އަދި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ހިދުމަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 03 އޭޕްރީލު 2026 - 08:18

https://wamco.com.mv/

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އައި.ސީ.ޑީ އާއި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އައި.ޖީ.އެމް.އެޗް އިން ހާމަކުރި ގޮތުގައި، އެ ހޮސްޕިޓަލާއި ނެޝަނަލް ކާޑިއަކް ސެންޓަރު ގުޅިގެން މާޗް 31 އިން އޭޕްރީލް 2 އަށް އައްޑޫ ސިޓީއަށް ކުރި ތާރީޚީ ދަތުރުގައި، ރާއްޖޭގެ ދެކުނުގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

މި ދަތުރުގެ ތެރެއިން، މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް 'ޕްރައިމަރީ ޕީ.ސީ.އައި ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް ވަނީ ދީފައެވެ. މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ އައި.ސީ.ޑީ އަދި ޕާމަނަންޓް ޕޭސްމޭކަރު ހަރުކުރުމުގެ ޚިދުމަތް ކާމިޔާބުކަމާއެކު އައްޑޫގައި ވަނީ ފަށާފައެވެ.

މި ފަރުވާތަކުގެ ތެރެއިން ޖުމްލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދާފައިވާ ކަމަށާއި، ހިތުގެ ކުއްލި މައްސަލަތަކާ ގުޅިގެން ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދީފައިވާ ކަމަށް އައި.ޖީ.އެމް.އެޗް އިން ބުނެފައިވެއެވެ.

ސިއްހީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މި މުހިންމު ފިޔަވަޅާއެކު، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެއެވެ.

މިއީ ދެކުނުގެ ރައްޔިތުންނަށް ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާ ކަށަވަރުވެގެންދިޔަ ތާރީހީ ކުރިއެރުމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk